ޚަބަރު
ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި މިއަދު ތާރީހީ ކާމިޔާބީއެއް ފެނިއްޖެ: ރައީސް

ފަލަސްތީނުގެ ރައްޔިތުން އަދުލުއިންސާފު ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތާރީހީ ކާމިޔާބީއެއް މިއަދު ފެނިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ އދ. ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި އދ. ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް އދ. ގެ އާންމު މަޖިލީހުން ތާއީދުކުރުމުންނެވެ.

ރައީސް ވަނީ މި ބައްދަލުވުމުގައި ފަލަސްތީނާ އެއްކޮޅަށް ވޯޓުދިން 143 ގައުމަށް ތައުރީފް ކުރައްވާފަ އެވެ.

މި ސެޝަންގައި އދ. އަށް އަލަށް މެންބަރުން ވެއްދުމާ ބެހޭ ގަރާރު ފާސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެޅި މުހިންމު ފިޔަވަޅަށް ތައުރީފު ކުރަން.

ރައީސް މުއިއްޒު ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަކީ އެ ގައުމުގެ އަމިއްލަ އިހުތިޔާރުގެ ހައްގު ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޒަމާނުއްސުރެ ކެތްކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި ދިވެހިރާއްޖެއާއި ދިވެހި ހިތްވަރު ލިބިގަންނަނީ ފަލަސްތީނު ރައްޔިތުންގެ ހިތްވަރުންކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ފަލަސްތީނަކީ މިނިވަން ދައުލަތަކަށްވުމުގެ އުންމީދުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށާއި 1967 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ މިލްކުގައިވާ ބިންތައް އަނބުރާ އެގައުމަށް ލިބި ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ވެގެންދާތަން ދެކުމުގެ އުންމީދުވެސް ކުރައްވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ނިންމި މި ނިންމުމާއެކު ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރެއްކަމަށް ގަބޫލުކޮށް މި މައްސަލަ އަލުން މުރާޖާ ކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ވަނީ ލަފާދީފަ އެވެ.

193 މެމްބަރުންގެ މައްޗަށް އެކުލެވޭ ޖެނެރަލް އެސެމްބްލީން ނެގި ވޯޓަކީ އދ. ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރާ މިންވަރު ދެނެގަތުމުގެ ބައިނަލްއަގުވާމީ ސާވޭއެކެވެ.

މި ބައްދަލުވުމުގައި 143 ގައުމަކުން ވަނީ ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރަކަށް ވުމަށް ގަބޫލުކުރާކަމަށް ވޯޓު ދީފަ އެވެ. 9 ގައުމަކުން ވަނީ ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ދެކޮޅު ހަދާފަ އެވެ. އަދި 25 ގައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ދޭން ދެކޮޅު ހަދާފަ އެވެ.

ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމާ ދެކޮޅަށް ވޯޓުލީ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން އިޒްރޭލުވެސް ހިމެނެ އެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top