ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑެޕިއުޓީ ސީ.އީ.އޯ ރައްޔިތުންގެ މަޖިލީހަށް ދޮގު ހެކި ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބީއެމްއެލް ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ބީއެމްްއެލްގެ ޑެޕިއުޓީ ސީއޯއޯއަށް ދައުވާ ކުރަން ކަމާބެހޭ މުއައްސަސާއަށް ސިޓީއެއް ފޮނުވަން ނިންމާފައި ވާކަން އޭނާއަށް  ސީޓީއެއްގެ ޒަރީއާއިން އަންގާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ ނުވަނަ މާއްދާގެ ހ. ގައި ވާގޮތުން ކޮންމެ މީހަކަށްމެ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ގެންގޮސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުން ކޮންމެ ލިޔުމެއް ހުށަހެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި ކޮމެޓީތަކަށް ލިބިގެންވެ އެވެ. އަދި ރައްޔިތުން މަޖިލީހުގެ ކޮންމެ މީހަކަށްކުރާ ކޮންމެ ސުވާލަކަށް އެމީހަކަށް އެނގިގެންވާ އެންމެ ތެދު ބަހަކުން ޖަވާބުދާރީވާންވާންޖެހެ އެވެ.

ޝަރީފް ދޮގު މައުލޫމާތު ދެއްވި ކަމަަށް ތުހުމަތުކޮށްފައިވާއިރު މީގެ ކުރިން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ކޮމިޓީތަކުން އަންގައިގެން ވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ސާފު ބަހުން ވާހަކަ ނުދައްކަވާ އިތުރުފުޅު ހައްދަވާ ކަމަށް ޝައްކު ކުރެވޭ ކަމުގެ ޝަކުވާތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެފަރާތްތަކާއި މެދު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.