ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާގައި އެމަނިކުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެއްވެސް ކަމެއް ބަލައި ނުގަންނަން ނިންމައި ޝަރީއަތުގެ މަޖިލިސް ފަށައިފިއެެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްދަލަވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީއަހްމަދު ހައިލަމްއެވެ،

ރައީސް ޔާމީންގެ އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތުމަށް ނިންމުމާއި އެކު މައުޟޫއީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގާޒީ ހައިލަމް ވަނީ ނިންމަވާފައެވެ. އެގޮތައް ނިންމެވުމަށް ފަހު ވަގުތުން ވަނީ ޝަރީޢަތް ފަށާފައެވެ.

ދައުލަތުން މިއަދު ވަނީ ޔާމީންގެ މައްޗަށް ގިނަ ހެކިތަކެއް ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުންތައް ނިންމާލަމުން ގާޒީ ހައިލަމް ވިދާޅުވީ، ދެން ޝަރީއަތުގެ އަޑު އެހުމެއް އޮންނާނީ އޮގަސްޓް ހަތަރު ވަނަ ދުވަހު ކަމަށާއި، އެ ދުވަހު ދައުލަތުން ހުށަހަޅާ ހެކިންގެ ހެކި ބަސް ނަގާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.