މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ކަމާއި ބެހޭ އިދާރާތަކާއިއެކު މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ އެ މަޝްވަރާ ބައްދަލުވުމުގައި ވަނީ،  މާލެ ސިޓީކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންފައެވެ.

އެ ބައްދަލުވުމުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސް ފަރާތްތަކުން ވަނީ މަގުތަކުގެ އަމާންކަން ބަލަހައްޓައި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި ކުރަމުންދާ އަދި ކުރިޔަށްގެންދިޔުމަށް ރާވާފައިވާ ކަންތައްތަކާއި، މިކަންތައްތަކަށް ހުރި ގޮންޖެހުންތައް ނައިބު ރައީސާއި ޙިއްޞާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކުރިޔަށްގެންދާ ޕްރޮގްރާމްތައް ކުރިޔަށްދާ މިންވަރު އޮޅުންފިލުއްވައި، ލަސްވަމުންދާ ކަންކަން އަވަސްކުރެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *