އެމްޕީއެލް އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ އެތާނގެ ލިޔެކިޔުންތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ، އެމްޕީއެލް މައި އޮފީހަށް ވަދެ ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރޭ 9:45 އެހާކަންހާއިރު އެ އިދާިރާއަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ ވައްކަމާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

އެމްޕީއެލް އިން ބުނީ ރޭ އެ އޮފީހުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން ވަދެ ލިޔެކިޔުންތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލްއިން ވަގަށް ނަގާފައިވަނީ މުހިންމު ލިޔެކިޔުންތަކެއް ނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.