މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ފުޅަނދު ބުރު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން، ފުޅަނދުބުރު ބާއްވާނީ، މާލޭގެ މަޖީދީމަގާއި ސޯސަންމަގާއި އަމީރުއަހުމަދު މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ.

ފުޅަނދުބުރުގައި ބައިވެރިކުރާ ފުޅަނދުތައް ހަދަން ހަމަޖެހިފައިވަނީ ސަރުކާރު ހިއްސަވާ ކުންފުނިތަކުންނެވެ. 

ހޯމް މިނިސްޓްރީން އިތުރަށްް ވިދާޅުވީ، ފުޅަނދުތަކުގައި ކުރިއަށްގެންދާ ކުޅިވަރުތައް އާއްމުންނަށް ދައްކާލުން އޮންނާނީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ކަމަށެވެ.

މިނިވަން ދުވަސް ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

މިނިވަންދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރު އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.