ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގޫރުޕް މައްކާއަށް މިއަދު ފުރައިފިއެވެ.

ރާއްޖެއިން ހައްޖަށްދާން 84 މީހުންނާއިއެކު ފުރި ފުރަތަމަ ގުރޫޕަކީ ޒައީ ހައްޖު ގުރޫޕެވެ. އެ ގުރޫޕުން ވަނީ މިއަދު ހެނދުނު 9:20ގައި މައްކާ އަށް ފުރާފައެވެ.

ހަައްޖަށް ފުރާ ފަރާތްތަކަށާއި އެމީހުންގެ އާއިލާތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، އިސްލާމިކް މިނިސްޓްރީ އާއި އެމްޓީސީސީ އަދި އެމްއެންޑީއެފް ގުޅިގެން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.

ހައްޖަށްދާން ހުޅުމާލެއިން އެއާޕޯޓަށް ދާ ފަރާތްތަކުން ހުޅުމާލޭ ޓާމިނަލަށް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރުކުރިން ދާން ވަނީ އެދިފަ އެވެ. އަދި ހައްޖަށްދާން ވިލިމާލެއިން އެއާޕޯޓަށްދާ ފަރާތްތައް ފްލައިޓް ފުރުމުގެ ހަތަރު ގަޑިއިރާ 15 މިނެޓް ކުރިން ދާން ޖެހެއެވެ.

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިއުމަށް ރާއްޖެއަށް ވަނީ 2000 ކޯޓާ ސައުދީ ސަރުކާރުން ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.