2018 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ހަފްލާ އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރު އޯލެވެލް ހެދި 5000 ދަރިވަރުންގެ ތެރެއިން، 405 ކުއްޖަކު ވަނީ ގަދަ 10 އެއްގައި ހިމެނިފައި ކަމަށެވެ. 

މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާ ހަނދާނީ ލިއުން ދިނުމުގެ ހާއްސަ ރަސްމިއްޔާތު ވަނީ، މިމަހުގެ ނުވަވަނަ ދުވަހު ބާއްވާފައެވެ.

2018 ވަނަ އަހަރުގެ އޭލެވްލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 11 ކުއްޖަކު ވަނީ އެކި މާއްދާތަކުން ދުނިޔެއިން އެއްވަަނަ ހާސިލުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.