ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގް މައްސަލައިގަ، ޝަރީއަތް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ދަނީ ގާތުން ބަލަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތް އޮޕޮޒިޝަނުން ދަނީ ގާތުން ބަލަމުން ކަމަށާއި، އެއީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ. 

"ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތް އޮޕޮޒިޝަން އިން ދަނީ ގާތުން ބަލަމުން. މިއީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް." މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

އެބޭފުޅާ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ، އިންސާފާއި ބޭއިންސާފު ރައްޔިތުންވެސް މިންކުރާނެ ކަމަށާއި އަދި، ކުރީގެ ރައީސް ޔާމީން މިގައުމަށް ގިނަ އިންގިލާބީ ބަދަލުތަކެއް ގެންނައި ކަން ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ.

"އިންސާފާއި ބޭއިންސާފު ރައްޔިތުންވެސް މިން ކުރާނެ. ގައުމުގެ ގިނަ ކަންކަމަށް ރައީސް ޔާމީން އިންގިލާބީ ބަދަލުތަކެއް ގެންނެވި ކަން ގިނަ ބަޔަކު ގަބޫލު ކުރޭ." އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މެންދުރު 12:45ގައެވެ. އެ ޝަރީއަތް ޓީވީން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.