އަމިއްލަ ފަރާތަކާއި މެލޭޝިޔާގެ "ކިއު ސްޓަޑީ" ގުޅިގެން ބާއްވާ އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ މިއަދު އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެ އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. އަދި ހަވީރު ފަށައިގެން މިރޭ 20:00 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެެވެ.

އެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫގެ ނޫރާނީ ސުކޫލްގައެވެ.

މި އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ޔުނިވާސިޓީތަކާއި ކެމްޕަސްތަކުގައި ހުރި ކޯސްތަކާއި ސްކޮލަރޝިޕްގެ މައުލޫމާތާއި ޕްލޭސްމަންޓު ހަމަޖެއްސުން ފަދަ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އެކްސްޕޯގައި މެލޭޝިއާގެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވާނެއެވެ.

އައްޑޫގައި މީގެ ކުރިންވެސް ވަނީ މިފަދަ އެކްސްޕޯއެއް ބާއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.