ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް، މޮރިޝަސްގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް ޞާލިހްގެ ދެކަނބަނލުން މިހާރު މޮރިޝަސްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރު  ހިޒް އެކްސެލެންސީ ޕްރަވިންދް ޖަގްނައުތްއާއި ބައްދަލުކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އެ ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑު ދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ބޭއްވުމުގެ މަޤްޞަދަކީ ކުދި ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ކުޅިވަރު މުބާރާތްތަކުގެ ޒަރީޢާއިން ވެސް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުންކަން ފާހަގަކުރެއްވިއެވެ. 

ރައީސް މިހާރު މޮރިޝަސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެގައުމުގެ ވަގުތީ ރައީސާއި ވެސް ބައްދަލުކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *