ލ.ގަމުގައި އޮތް ހާލު ބޮޑު ބަލިމީހަކު، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި އޮތް 59 އަހަރުގެ ފިރެހެނަކު ހާލުބޮޑުވެގެން އިތުރުފަރުވާއަށް މާލެ ގެނެސްދީފައިވާ ކަމަށެވެ.
އެބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ.
އެމްއެންޑީއެފުން ވަނީ މީގެކުރިންވެސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ހާލު ބޮޑު ބަލިމީހުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެނެސްފައެވެ.