ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދާ ހައްޖާޖީން މާދަމާ އެގައުމަށް ދިޔުމަށް ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޙަވާލުގައި ފުރުމަށް ހަމަޖެހިފައިވާ 84 ހައްޖާޖީން ކަމަށެވެ.

އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުވެސް ރާއްޖެއަށް 2،000 ހައްްޖު ކޯޓާ ލިބިފައިވާއިރު، މިއަހަރު ރާއްޖެއިން ހައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1684 ހައްޖާޖީން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ދެމެދު ރާއްޖެއިން ހައްޖަށް ދާން ހަމަޖެހިފައިވާ ހުރިހާ ހައްޖުވެރިން ސައުދިއަރަބިއްޔާއަށް ގޮސް ނިމެނޭނެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު، ޝާފިއު އަލީ ވިދާޅުވީ ދިވެހި ހައްޖާޖީންނަށް ފަސޭހަ ކަމާއި އެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.