ކަރީނާ ކަޕޫރް ކަހަލަ ހަޔާތުގެ ބައިވެރިއެއް ލުބުމުން، ސައިފް އަލީ ހާން ވަރަށް ނަސީބުގަދަ ކަމަށް ސިދާތް މަލްހޯތްރާ ބުނެފިއެވެ.

ސިދާތް އެހެން، ބުނީ އޭނާ ލީޑް ރޯލުން ފެނިގެންދާ ފިލްމު ޖަބަރީޔާ ޖޯޑީގެ ޕްރޮމޯއަށް "ޑާންސް އިންޑީއާ ޑާންސް" ރިއަލީޓީ ޝޯއަށް ގޮސް ދެއްކި ވާހަކައިގައެވެ. ކަރީނާ ކަޕޫރަކީ އެ ރިއަލިޓީ ޝޯގެ ޖަޖެކެވެ. 

އެ ޝޯގައި ވާހަކަދައްކަމުން، ސިދާތް ބުނީ، ސައިފް އަލީ ހާން އަކީ އޭނާގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި، ސައިފްގެ މޮޅު އެކްޓިންގް އަބަދުވެސް ވަރަށް ބަލައިގަންނަ ކަމަށެވެ. އަދި ސިދާތަށް އެހީތެރިވުމަށް ސައިފް އަބަދުވެސް ހުންނާތީ އެކަމަށްވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ. 

ސިދާތް އިތުރަށް ބުނީ، ސައިފްގެ ދިިރިއުޅުމުގެ ހިއްސާއަކަށް ކަރީނާ ވުމަކީ ސައިފްގެ ނަސީބު ކަމަށެވެ.

ކަރީނާ ކަޕޫރް އަދި ސިދާތް މަލްހޯތްރާ އެކީ އެއްވެސް ފިލްމެއް ނުކުޅެއެވެ. ނަމަވެސް އެދެތަރިން އެކީ ވަނީ ލަވައެއް ކުޅެފައެވެ. ސިދާތް ވަނީ އެ ރިއަލިޓީ ޝޯގައި ކަރީނާ އާއިއެކު ޑާންސެއްވެސް ކޮށްފައެވެ.

ސިދާތްގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު "ޖަބަރިޔާ ޖޯޑީ"ގައި އޭނާއާއިއެކު ދެން ލީޑުން ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ ޕަރީނިތީ ޗޯޕްރާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.