ގާނުނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް އައްޔަނުކުރާ ވަކީލަކު އިންތިހާބު ކުރުމުގައި، ބާ ކައުންސިލަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންސްއިން އެހީތެރިވުމަށް ހަމަޖެހިއްޖެއެވެ.

ރާއްޖޭގެ ފުރަތަމަ ބާ ކައުންސިލްގެ، ފުރަތަމަ އިންތިހާބީ ރައީސް މައުމޫން ހަމީދު ވިދާޅުވީ، ޖޭއެސްސީގައި ތަމްސީލް ކުރާނެ ގާނޫނީ ވަކީލުން އިންތިހާބު ކުރުމުގައި އީސީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު އިތުރަށް ވިދާޅުވީ، އީސީއާއިއެކު އެކަމާއި ގުޅޭ ގޮތުން އެއްބަސްވުމަކާއި ހިސާބަށް އާދެވިފައިވާ ކަމަށާއި، ވަކީލުން އިންތިހާބު ކުރާއިރު، އީސީގެ ފަރާތުން ފަންނީ އަދި އިދާރީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ފުރަތަމަ ބާ ކައުންސިލްގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.