ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރެޖިސްޓްރާގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަން ކޮށްފިއެވެ.
މުހައްމަދު ލަމްއާން މީގެ ކުރިން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުވެސް އަދާކޮށްފައެވެ.
ލަމްއާނަކީ، ޕީޕީއެމްގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަަސައްކަތްކުރައްވާ މީހެކެވެ.
ޕީޕީއެމް އިން ބުނީ ޕާޓީގެ ރެޖިސްޓްރާގެ މަގާމަށް ލަމްއާން އައްޔަނު ކުރީ އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ އިއްތިފާގުންކަމަށެވެ.
މީގެއިތުރުން، ޕީޕީއެމްގެ ޑެޕިއުޓީ ރެޖިސްޓްރާގެ މަގާމަށް މަރިޔަމް ޖުހައިނާ ސާދިގު ވަނީ އައްޔަނުކޮށްފައެވެ.