ރާއްޖެއަށް ކަލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް، މޯލްޑިވް ގޭހުން ތައާރަފް ކޮށްފިއެވެ.
މޯލްޑިވް ގޭހުން، ކަލްޓަން ބްރޭންޑްގެ ގޭސް ތައާރަފް ކުރުމަށް މިއަދު ހަވީރު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިއަދު މޯލްޑިވް ގޭހުން، އެސްޓީއޯ ޓްރެޑިންގް ސެންޓަރުގެ އޮޑިޓޯރިއަމް ރޫމްގައި ބޭއްވި އެ ރަސްމިއްޔާތުގައި ވަނީ، ހަތަރު ބްރޭންޑެއްގެ ކަލްޓަން ގޭހެއް އަލަށް މާކެޓަށް ތައާރަފް ކޮށްފައެވެ. 

މޯލްޑިވް ގޭހުން ރާއްޖެއަށް ތައާރަފްކުރި ކަލްޓަން ބްރޭންޑްގެ ހަތަރު ވައްތަރަކީ 410A, އާއި 134A އާއި 404A އަދި، 407C އެވެ.

އެގޮތުން، 410A އަކީ އޮފީސްތަކާއި ގޭގައި ހުންނަ އެއަރކޮންޑިޝަންތަކަށް އަޅަން ބޭނުންކުރާ ރެޕްރިޖެންޓް ގޭހެކެވެ. އަދި އެ ގޭސް ޑޮމެސްޓިކްވެސް އަދި ކޮމާޝަލް އެއާކޮންޑިޝަންތަކަށްވެސް ބޭނުންކުރެވޭ ކަމަށް މޯލްޑިވް ގޭހުން މައުލޫމާތުދެއެވެ. 134A އަކީ، ވެހިކަލްތަކަށާއި އަދި ގެސްޓް ހައުސްފަދަ ތަންތަނުގައި ގެންގުޅޭ މިނީ ބަސްތަކަށް ހާއްސަ ރެޕްރިޖެންޓް ގޭހެކެވެ. ދެން ތައާރަފްކުރި، 404A އަކީ މަސްވެރިކަމުގެ ދާއިރާއަށް ހާއްސަ ގޭހެެކެވެ. އަދި، 407C ފިނިކޮށްފައި ހުންނަ ކުކުޅު ނުވަތަ އެހެނިހެން އައިސްކޮށްފައި ހުންނަ މަހުގެ މީޓްގެ ބާވަތްތައް މަޑުކޮށް ބެހެއްޓުމަށް ހާއްސަ ގޭހެކެވެ.

މޯލްޑިވް ގޭހުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ތައާރަފް ކުރެވިގެން ދިޔަ ކަލްޓަން ބްރޭންޑްގެ ރެޕްރިރަޖެންޓް ގޭހުގެ އަގުތައް މާކެޓްގައި ވިއްކާ އަގަށްވުރެ ހެޔޮ އަގުގައި މޯލްޑިވް ގޭހުން ލިބޭނެ ކަމަށެވެ. މީގެއިތުރުން، އަގު ހެޔޮވިޔަސް، މާކެޓްގައި ވިއްކާ އެ ބްރޭންޑްގެ އެހެން ގޭސްތަކާއި  އެއްވަރަކަށް ކޮލިޓީވެސް ހުންނާނެ ކަމަށެވެ.

މޯލްޑިވް ގޭހުން ބުނީ، އެ ކުންފުންޏަށް މިހާރު 19 އަހަރު ވެފައިވާ ކަމަށާއި، އެ ކުންފުނިން އަބަދުވެސް މަަސައްކަތް ކުރަނީ، އަގު ހެޔޮކޮށް ތިމާވެއްޓާއި ރައްޓެހި ގޭހުގެ އެކި ބްރޭންޑްތައް ރާއްޖެއަށް ތައާރަފްކުރުމަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.