ބޮލީވުޑްގެ މަޝްހޫރު ތަރި ސާރާ އަލީ ޚާން ބުނާގޮތުގައި ބަރުދަން ލުއިކުރުމަށް ނިންމިއިރު، އޭނާގެ ބަރުދަން ހުރީ 96 ކިލޯގްރާމްގައި ކަމަށެވެ. "ކެދަރްނާތު" އަދި "ސިމްބާ" އިން ބެލުންތެރިންނަށް ފެނިގެންގޮސްފައިވާ ސާރާ ވަނީ އޭނާ ބަރުދަންލުއިކޮށް، ދުޅަހެޔޮ ބަރުދަނަކަށް ދިޔަ ގޮތާއި ގުޅޭގޮތުން މިދިޔަ މެއި މަހު "ވޯގް" މެގެޒިންއަށް އިންޓަވިއުއެއް ދީފައެވެ.

"އަހަންނަށް ހުރިހާ ކަމެއްވެސް ފެށިގެންދިޔައީ ނިއު ޔޯކްގައި. އޭރު އަހަރެންގެ ބަރުދަނުގައި 96 ސަރކިލޯ ހުރޭ އަދި ގްރެޖުއޭޓްވާންވެސް އަހަރެއްހާ ދުވަސް އޮތް. އަހަރެންގެ ފިޓްނެސް ޖާނީ ފެށިގެންދިޔައީ ޕިއްޒާގެ ބަދަލުގައި ސެލެޑް ކައި، ކަންނެތްނުވެ ކާޑިއޯ ހަދަން ފެށުނު ހިސާބުން. ނިއު ޔޯކްގައި އުޅުނުއިރު އަހަރެން ފެށީ ދުޅަހެޔޮކޮށް ކައި، ކަސްރަތުކުރަން"، ސާރާ ބުންޏެވެ.

"ފަންކްޝަނަލް ޓްރެއިނިންގ އާއި ބޮކްސިންގ އަދި ސައިކްލިންގ ފަދަ ވަރަށް ގިނަ ވައްތަރުގެ ކްލާސްތައް ސިޓީގައި ނަގައިދޭ. އެކަމަކު އޭރު އަހަރެންގެ ބަރުދަން އެހާ ބޮޑުވީމަ، ފުރަތަމަ އަހަރެން ކުރަން ފެށީ ހިނގުމާއި ސައިކްލިންގ އަދި ޓްރެޑްމިލް އަށް އެރުންފަދަ ކާޑިއޯ ކަސްރަތުތައް ކުރަން. އެއީ ކަސްރަތުގެ އެހެން ވައްތަރުތަކުގެ ތެރެއަށް ވަނުމުގެ ކުރިން ކުޑަކޮށް ބަރުދަން ލުއިކުރުމަށް"، ސާރާ ބުންޏެވެ.

ސާރާ ބުނީ މިހާރުވެސް އޭނާ ފަންކްޝަނަލް ޓްރެއިނިންގ އާއި ޕިލާޓީސް އަދި ބޮކްސިންގގެ އިތުރުން ކާޑިއޯ ކަސްރަތުތައް ކުރާ ކަމަށެވެ. އަދި އާދިއްތަ ދުވަސް ނޫން އެހެން ހުރިހާ ދުވަހަކު އެއް ގަޑިއިރާއި 30 މިނެޓަށް ކަސްރަތުކުރާ ކަމަށާއި، އާދިއްތަ ދުވަހަކީ އޭނާ އަރާމްކުރާ ދުވަސް ކަމުގައިވެސް ސާރާ ވަނީ ބުނެފައެވެ.

ސާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކާރްތިކް އާރްޔަން އާއެކު އިމްތިއާޒް އަލީގެ "ލަވް އާޖް ކަލް" އިންނެވެ. އޮރިޖިނަލް ފިލްމްއިން ފެނިގެންގޮސްފައި ވަނީ ސާރާގެ ބައްޕަ ސައިފް އަލީ ޚާން އާއި ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.