އަވަހަށް ބާލިޣުވާ އަންހެންކުދިންނަށް މައިގްރެންގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާވެރިން ބުނެފި އެވެ.

އެމެރިކަން ހެޑޭކް ސޮސައިޓީ އިން ކުރި މިދިރާސާގެ ދިރާސާވެރިއެއް ކަމުގައިވާ ވިންސެންޓް މާޓިން ވިދާޅުވީ ބާލިޣުވުމުގެ ކުރިން އަންހެންކުދިންނާއި ފިރިހެންކުދިންނަށް މައިގްރެއިންގެ މައްސަލަ ދިމާވާ ނިސްބަތް އެއްވަރު ކަމަށެވެ. އަދި އަންހެންކުދިންގެ ޕީރިއަޑް (މައްސަރު ދުވަސްވަރު) ފެށުމާއެކު، މައިގްރެއިންގެ މައްސަލަ ދިމާވާ މިންވަރުވެސް އަވަސްވެގެންދާ ކަމަށެވެ.

ދިރާސާއިން ބުނެފައިވާ ގޮތުގައި ސްކޫލް އުމުރުގެ %10 ކުދިންނަށް މައިގްރެއިންގެ މައްސަލަ ދިމާވެއެވެ. އަދި އަންހެންކުދިން ފުރާވަރު އުމުރާއި ގާތްވާ ވަރަކަށް މައިގްރެއިންގެ މައްސަލަތައް އިތުރުވާއިރު، އުމުރުން 17 އަހަރުވާއިރު، ގާތްގަނޑަކަށް %8 ފިރިހެންކުދިން އަދި %23 އަންހެންކުދިންނަށް ވާނީ މައިގްރެއިން ތަޖުރިބާކުރެވިފަ އެވެ. 2004 ވަނަ އަހަރުން ފެށިގެން 10 އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ބައިވެރިވެފައި ވަނީ އުމުރުން 8 އަހަރާއި 20 އަހަރާއި ދެމެދުގެ އަންހެންކުދިންނެވެ. ސާވޭ ނިމުނުއިރު އެކުދިންގެ އެވްރެޖު އުމުރަކީ 16 އަހަރެވެ.

އޭގެތެރެއިން 85 އަންހެންކުދިން (%11) މައިގްރެއިން އަށް ޑައިގްނޯސްކޮށްފައިވާއިރު، 53 ކުދިން (%7) ކުދިންގެ ބޮލުގައި ރިއްސުމުގެ މައްސަލައަކީ މައިގްރެއިންއެއް ކަމަށް އެކަށީގެންވާ ކަމަށް އަދި 623 ކުދިން (%82) ކުދިންނަށް މައިގްރެއިންގެ މައްސަލަ ޖެހިފައެއް ނުވެއެވެ.

ދިރާސާވެރިން ހޯދި ގޮތުގައި މައިގްރެއިންގެ މައްސަލަ ކުރިމަތިވި އަންހެންކުދިންނަކީ ބާލިޣުވުމުގެ ނިޝާންތައް ވަރަށް ހަނގު އުމުރުގައި ދައްކާފައިވާ ކުދިންނެވެ. އެހެންކަމުން ފުރާވަރު އަންހެންކުދިން ބާލިޣުވުމާއި މައިގްރެއިން ޖެހުމާއި ގުޅުމެއްވާކަމަށް ދިރާސާވެރިން ވަނީ ނިންމައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.