އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފުޓްބޯޅަ އިވެންޓްގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ރީޔޫނިއަން އައިލެންޑްސް އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.

މޮރިޝަސްގެ ފްލަކް ޑިސްޓްރިކްޓްގެ އޮގަސްޓޭ ވޮލައިރޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރީޔޫނިއަނުން ވަނީ ދެލަނޑުޖަހާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 29 ވަނަ މިނެޓުގައި އެންޖީ ވާޑަޕިން ޖަހައިދިންއިރު، އޭގެ ހަތަރު މިނެޓުފަހުން ޖީން-މިޝޭލް ފޮންޓެއިން ވަނީ ރީޔޫނިއަންގެ ލީޑް ފުޅާކޮށްދީފައެވެ. 

މެޗުގެ ދެވަނަ ހާފުގައި، ރީޔޫނިއަނުން ވަނީ އިތުރު ދެލަނޑުޖަހާފައެވެ. އެގޮތުން، މެޗުގެ 62 ވަނަ މިނެޓުގައި ސަރްޕެޑޮން މެތިއު އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިންއިރު، އޭގެ ހަތް މިނެޓުފަހުން، ފަހު ލަނޑުޖެހީ ފޮންޓެއިން އެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީ ގައި މިއަދު ކުޅެވުނު ދެވަނަ މެޗުގައި، ކޮމޮރޯސް އަތުން 2-0 އިން މެޔޯޓް މޮޅުވިއިރު، ގްރޫޕް އޭ ގައި ހިމެނޭ ސީޝެލްސްއާ މޮރިޝަސް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ކޮމޮރޯސްއާ ދެކޮޅަށް  މާލޭ ގަޑިން 16:15 ގައި ނިކުންނައިރު، ފަހު މެޗުގައި މި މަހުގެ 22 ވަނަ ދުވަހު މެޔޯޓްއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީވެސް މާލޭ ގަޑިން 16:15 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.