ތިނަދޫ ޕޯސްޓް އޮފީސް ފަޅާލުމަށް ފަހު، ގިނަ އަދަދެއްގެ ޕާރަސަލްތަކެއް ވަގަށް ގެންދިޔަ މައްސަލައިގަ، މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެމައްސަލައާއި ގުޅިގެން، ޕޯސްޓް އޮފީހުން ވަގަށް ނެގި އެއްޗެހި ކަމަށް ޝައްކުކުރެވޭ އެއްޗެހި ތަކަކާއި އެކު މިއަދު ހެނދުނު 10:20 ގައި 30 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތިނަދޫ ޕޯސްޓް އޮފީސް ފަޅާލި މީހުންވަނީ، އެ އޮފީހުގެ ތިޖޫރި ފަޅައިލުމަށްވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ވިދާޅުވީ އެމީހުންގެ އެމަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.
ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.