ވެރިރަށް މާލޭގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރަނީ ވަގުތީ ގޮތުން ކަމަށާއި، އެ ތަން ތަރައްގީ ކުރުމަށް ފަހު އަލުން ހުޅުވާނެ ކަމަށެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، 30 ދުވަހުގެ މުއްދަތެއް އެތަން ހުސްކުރަން ދީފައިވާ ކަމަށާއި އަދި، ގުދަން ގޮތަށް ހަދައިގެން އެތަން ބޭނުންކުރަމުން އަންނަ ގޮޅިތައް އަދި ބަންދު ނުކުރާނެ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި ދިވެހިންނަށް ވުރެ ގިނައިން ގޮޅިތައް ހިންގަމުން ދަނީ ބިދޭސީންނެވެ. ދިވެހިން 50 ގޮޅިއެއް ހިންގަމުން ދާއިރު، ބިދޭސީން ދަނީ 53 ގޮޅިއެއް ހިންގަމުންނެވެ. 

އެތަން ތަރައްގީ ކޮށް އަލުން އާކުރުމަށް ފަހު، އަނެއްކާ އަލުން ގޮޅިތަކަށް އެދުމަށް ފުރުސަތު ހުޅުވާލަނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.