ބޮލީވުޑްގެ ކުޅަދާނަ ބަތަލް ޝާހްރުކްހާން އެނާގެ އާއިލާއިއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެއެވެ.
ޝާހުރުކްހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހުރުމަށް ހަމަޖެހިފައިވަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
މިއަދު ހެނދުނުގެ ވަގުތު މޫސުން ގޯސްވެފައި ވަނިކޮށް ވެލާނާ އެއާޕޯޓްގައި ހަގު ދަރިފުޅު އަބުރާމް އަތުގައި ހިފައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ރާއްޖެއަކީ އަބަދުވެސް ބޮލީވުޑްގެ ތަރިން ޗުއްޓީ ހެދަކުރަން ވަރަށް ގިނައިން ޒިޔާރަތް ކުރާ ގައުމެކެވެ.
ޝާހުރުކްހާން މީގެ ކުރިން ވެސް ޗުއްޓީ ހޭދަ ކުރުމަށް ރާާއްޖޭގެ ރިސޯޓްތަކަށް އައިސްފައިވެއެވެ.