ގދ. ތިނަދޫގައި ހުންނަ ޕޯސްޓް އޮފީސް ފަޅާލައި، އެތަނަނުން ޕާރްސަލްތަކެއް ވަގަށް ނަގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ރޭ  ތިނަދޫގައި ހުންނަ ޕޯސްޓް އޮފީސް ފަޅައިލުމަށް ފަހު، ގިނަ އަދަދެެއްގެ ޕަރްސަލްތަކުން ވައްކަންކޮށްފައިވާ ކަމަށެެވެ.

ފުލުހުން ވިދާޅުވީ، އެތަނުގެ ތިޖޫރި ފަޅާލުމަށްވެސް މަސައްކަތްކޮށްފައިވާ ކަމަށާއި، ނަމަވެސް އެމީހުންނަށް އެކަން ނާކާމިޔާބުވީ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެމަައްސަލައިގަ އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށާއި، ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ޕާރްސަލްތަކެއް ކަމެއް ބުނަ ނޭނގޭ ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *