ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ބޭނުން ކުރާ ޖަނަރޭޓަރުން ޑީސަލް ހުސްވެގެން އެހޮސްޕިޓަލުން ޑައިލިސިސް ޚިދުމަތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން އެ ހިދުމަތް ދޭން ފަށައިފިއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ ހިދުމަތް މެދު ކެނޑުނީ މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.
"އަޅުގަނޑުމެން ޑައިލައިސިސްގެ ހިދުމަތް މި ދެނީ މިތަނުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން. މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ލިބުމުގައި ކުޑަ ދަތިކަމެއް ހުރުމުން މިއަދު 9:00 ފަށަން އޮތް ނަމަވެސް 10:00 ލަސްކުރަން ޖެހުނީ" އޮފިޝަލް ވިދާޅުވިއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުން ގަވައިދުން ޑައިލައިސިސް ހިދުމަތް ހޯދާ 7 މީހުން ތިބެއެވެ.