ޚަބަރު
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރުއޫ ފަށައިފި
ފޮޓޯ: އާރްޑީސީ

މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއު ސަރުކާރުން އިއްޔެ އިފްތިތާހު ކޮށްފި އެވެ.

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ބްްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި އެމްއެންޑީއެފްގެ އިސްބޭފުޅުންނާއި ސަރުކާރުގެ ަބައެއް އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.

މި މަޝްރޫއަކީ ދިފާއީ ވުޒާރާއިން އާރުޑީސީއާ ހަވާލުކޮށްގެން އަދި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ވެސްޓްޕާކް ސަރަހައްދުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ހަރުކުރަން ހަމަޖެހިފައިވާ ކަމަށް އާރްޑީސީން މައުލޫމާތުދީފައި ވެއެވެ. އަދި އެނޫންވެސް ސަރަހައްދުތަކުގައި އެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް އެކޯޕަރޭޝަނުން މައުލޫމާތުދީފައި ވެއެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top