ރާއްޖެއަށް 1988 އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިން އުދުވާނީ ހަމާލާގެ އެންމެ އިސް އެއް މޭސްތެރިއެއް ކަމަށްވާ ހާޖަރާގޭ ލުތުފީ ފިލައިގެން ގިނަ ދުވަސްތަކަކަށް ފަހު ރާޢްޖެއިން ބޭރުގައި އުޅުމަށް ފަހު އަނބުރާ ރާއްޖެ ގެނެވި ޖަލަށް ލެވުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާާއްވާ ޖަލްސާ މޫސުން ގޯސްވުމާއި ގުޅިގެން ފަސްކޮށްފިއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ އިންތިޒާމުކޮށްގެން ބާއްވާ އެ ޖަލްސާ ބޭއްވުމަށް ހަމަޖެއްސީ މިރެއަށެވެ. ނަމަވެސް މިދުވަސްވަރު ރައްޖެއަށް ކުރަމުން މިގެންދާ ވިއްސާރައިގަ މާލެއަށް ވެސް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން އެ ޖަލްސާ މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެބޭފުޅާ ވަނީ ނިންމާފައެވެ.
އެޖަލްސާ އެންމެ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހަފްތާ ހުކުރު ދުވަހެވެ. ނަމެވެސް، އެދުވަހު އެ ޖަލްސާ ބޭއްވުމަށް ހަމަޖެއްސި ކާނިވާ ސަރަހައްދު އެހެން ބަޔަކަށް ދޫކޮށްފައިވާ ވުމުން ފަސްކުރީއެވެ.
މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މަޖިލީހަށް ހާޒިރުކުރުމުން، ރައީސް ޔާމީންގެ ވެރިކަމުގައި ލުތުފީ ރާއްޖެ ނުގެނެވުނީ އުމަރުގެ އިޒްނަ ނުލިބުމުން ކަމަށްބުނެ އުމަރަް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް އުމަރު ވަނީ އެވާހަކަތައް ދޮގު ކުރައްވާފައެވެ.