އާދައިގެ ބަލިތަކާއި އެއްގޮތަށް ނަފްސާނީ ބަލިތަކުގެ ވާހަކަ ދެއްކޭނެ މާހައުލެއްވެސް ގާއިމު ކުރަންޖެހޭ ކަމަށް ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ އެމޭރެމުން ވާހަކަފުޅު ދެއްކެވީ، "މެންޓަލް ހެލްތް އެންޑް ޔަންގ ޕީޕަލް، ވަން ޑޭ މެންޓަލް ހެލްތް އެވެއަރނަސް ވަރކްޝޮޕް ފޮރ އެޑިއުކޭޓަރސް" ނިއްމުމުގެ ރަސްމިއްޔާތު ޝަރުފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފަސްޓް ލޭޑީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިފަދަ ވޯކްޝޮޕްތަކުގެ ސަބަބުން މުޖުތަމައުގެ މީހުން ނަފްސާނީ ބަލިތަކާއި ބެހޭ ގޮތުން ދެކޭ ނަޒިއްރާތު ތަފާތުވާނެ ކަމަށާއި، އަދި އެ ވޯކްޝޮޕަކީ މުޖުތަމައަށް ވަރަށް ބޭނުންތެރި ފައިދާކުރުވަނިވި ވޯކްޝޮޕެއް ކަމަށެވެ.

ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރަކީ ޒުވާނުންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، މިފަދަ ދުވަސްވަރަކީ ސްކޫލުގެ މާޙައުލުގެ ތެރެއިން ނަފްސާނީ ކަންކަމާގުޅޭ ޚިދުމަތްތަކުގެ ބޭނުން އެންމެ ބޮޑަށް ޒުވާނުންނަށް ބޭނުންވާނެ ދުވަސްވަރު ކަމަށެވެ.

"މެންޓަލް ހެލްތް އެންޑް ޔަންގ ޕީޕަލް، ވަން ޑޭ މެންޓަލް ހެލްތް އެވެއަރނަސް ވަރކްޝޮޕް ފޮރ އެޑިއުކޭޓަރސް" އެ ވޯކްޝޮޕަކީ، ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މެންޓަލް ހެލްތް އެވެއަރނެސް ފައުންޑޭޝަނުން ވޯކްޝޮޕެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.