ހައްދުންމަތީ ގަން ރީޖަނަލް ހޮސްޕިޓަލްގައި ބޭނުން ކުރާ ޖަނަރޭޓަރުން ޑީސަލް ހުސްވެގެން އެހޮސްޕިޓަލުން ޑައިލިސިސް ޚިދުމަތް މެދުކެނޑިއްޖެއެވެ.

އެ ހޮސްޕިޓަލުގެ ޑައިލިސިސް ޑިޕާޓްމެންޓަަށް ބޭނުންކުރާ ހަކަތަ ފޯރުކޮށްދެނީ އެ ހޮސްޕިޓަލުގައި ހުންނަ ޖަނަރޭޓަރެއްގެ އެހީގައެވެ. ނަމަވެސް އެ ޖަނަރޭޓަރުން މިއަދު ޑީސަލް ހުސްވުމުން ވަގުތީ ގޮތުން ޑައިލިސިސް ހެދުމުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުވެސް އެ ހޮސްޕިޓަލަށް ޑައިލައިސިސް ހެދުމަށް ތިން މީހަކު ގޮސްފައިވެއެވެ. ހޮސްޕިޓަލުން ވަނީ ތެޔޮ ލިބިގެން އަލުން ޑައިލައިސިސްގެ ހިދުމަތް ދެވޭނެ ސީދާ އިރެއް ނޭނގޭ ކަމަށް ބުނެފައެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގައި ދާއިމީކޮށް ޑައިލައިސިސް ހަދާ އަށެއްްކަ މީހުން ތިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.