ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައިވަނީ ސްޓޭޑް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ އަށް ކަމަށް މާލީ ރިޕޯޓުން ދައްކައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާގެ ލިބިފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 2.2 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު ފަސް  އިންސައްތައިގެ އިތުރު ވުމެކެވެ. ނަމަވެސް އެ ކުންފުނިން ކުރި ވިޔަފާރި މި މުއްދަތުގައި ވަނީ ދަށްވެފަ އެވެ.

ޓެކުހަށް ކެނޑުމަށް ފަހު އެސްޓީއޯއަށް ވަނީ ފުރަތަމަ ކުއާޓަރުގައި 103 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނު 46 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 123 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް  މި މުއްދަތުގައި ސޭލްސް އެންޑް މާކެޓިންއަށް ކުރި ހަރަދު ވަނީ 13 އިންސައްތަ ވަނީ ދައްވެފައެވެ.

ޕީސީބީ އިން ބުނި ގޮތުގައި ރާއްޖޭގައި ސަރުކާރު ހިއްސާވާ 21 ކުންފުނި އޮންނައިރު މި ކުންފުނިތަކުން އާމްދަނީގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ ހޯދާފައި ވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.