ނައިބު ރައީސް ފައިސަލް ނަސީމް ގުޅީފަޅަށް ޒިޔާރަތްކުރައްވާ، ރިމާންޑް ސެންޓަރުތަައް ގާއިމުކުރާނެ ތަންތަން ބައްލަވާލައްވައިިފިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމާއިއެކު އެ ރަށަށް ބައެއް މިނިސްޓަރުން އަދި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އިސްވެރިން ވެސް ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގުޅީފަޅަށް ކުރެއްވި މި ދަތުރުފުޅުގައި ގުޅީފަޅުގައި އިމާރާތްކުރަން ފަށާފައިވާ ބައެއް އިމާރާތްތައް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ އިމާރާތްތަކުގެ ތެރެއިން އެކަމަށް އެންމެ ރަނގަޅު އިމާރާތްތަކަކީ ކޮބައިތޯ ބައްލަވާލެއްވިއެވެ.
ރިމާންޑް ސެންޓަރެއް ގާއިމުކުރާނެ ރަނގަޅު ތަނެެއް ހޯދުމަށް ނައިބު ރައީސް ގުޅީފަޅަށް ކުރި އެ ޒިޔާރަތުގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވެސް ބައިވެރިވަޑައިގެންނެވިއެވެ.