ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން "ދިވެހިރާއްޖޭގެ ބާ ކައުންސިލު"، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް އުފައްދަވައިފިއެވެ. 

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ އިދާރާތަކުން ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 480 ކަމަށް ރައީސް ނިންމާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ، ރައީސް ބާ ކައުންސިލް އުފެއްދެވީ މިިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ބާ ކައުންސިލްގެ އިންތިހާބު ބާއްވާފައެވެ.

ރާއްޖޭގެ ފުރަތަމަ ބާ ކައުންސިލްގެ ރައީސްގެ މަގާމަށް އައްޔަނުކޮށްފައިވަނީ މައުމޫން ހަމީދެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.