ގްރޭޓާރ މާލޭ އިންޑަސްްޓްރިއަލް ޒޯން ލިމިޓެޑް އަކީ ކުރީގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ބޭނުން ނިމިދިޔަ ސަރުކާރުން ކުރީ ނަހަމަ ގޮތުގައި އުސޫލުތަކާއި ހިލާފަށެވެ. ސިޔާސީ "ޓޫލެއް"ގެ ގޮތުގައި ކުންފުނި ބޭނުން ކުރަން ޖެހުނު އިރު އައު ސަރުކާރު އައިސް ކުންފުނީގެ ކަންކަން އިސްލާހު ކުރަން އަތުކުރި އޮޅާލިއިރު، ބަދަލު ކުރަން ނުޖެހޭ ހަމަ އެއްވެސް ކަމެއް ނެތެވެ. ކުންފުނި ބޭނުންކޮށްގެން ކޮށްފައިވާ ވައްކަން ތަކާއި މަގާމާއި ނުފޫޒު ބޭނުންކޮށްގެން ވެފައިވާ ހިޔާނާތްތައް އިންތިހާއެވެ. ކުންފުނީގެ މުޅި އޮނިގަނޑުގައި ވަނީ ކޮރަޕްޝަންގެ ކަޅު ލައްގަނޑު ޖެހި ރައްޔިތުންގެ އިތުބާރު ގެއްލިފައެވެ.

މިހިރަ މިހިރަ ކަންކަން ރަނގަޅު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އެ ކުންފުނީގެ މެނޭޖުމެންޓަށް އިސްކުރި ފަރާތްތަކުން މިދިޔަ އަށްވަރަކަށް މަހު މެދުކެނޑުމެއް ނެތި ކުރި ބުރަ މަސައްކަތުން މިއަދު މިވަނީ އެތައް ކަމެއް ރަނގަޅުވެ, ކުންފުނީގެ ގުލްޒާރުގައި އައު މާތަކެއް ފޮޅެން ފަށައިފައެވެ. މިހާރު އެ ކުންފުނީގެ މެނޭޖުމެންޓާއި ހަވާލުވެ ތިބި ފަރާތްތަކުން ކުންފުންޏާއި މެދު ދެކެމުން އަންނަނީ ފޮނި ހުވަފެންތަކެކެވެ. އެ ފަރާތްތަކުގެ އަމާޒަކީ 2021 ވަނަ އަހަރު ފެށޭ އިރު އެ ކުންފުންޏަކީ "އޭ ކެޓެގަރީގެ ކުންފުންޏަކަށް" ހެދުމެވެ. ގެއްލިފައިވާ އިތުބާރު އަލުން ހޯދައި އެ ކުންފުންޏަކީ ހަމަހަމަ ކަމާއި އެކު ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް ހެދުމެވެ. ރައީސް ޞާލިހްގެ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ޕޮލިސީ" އެ ކުންފުނީގައި ތަންފީޒު ކުރުމެވެ. ކުންފުނީގެ ފައިދާ އިތުރުކޮށް ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ވީހާވެސް އާއްމުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށް ބަދަލުކުރުމެވެ. 

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި މެދު ކުރީ ސަރުކާރުން ވެފައިވާ އިހުމާލު

ސިޔާސީ "ޓޫލެއް"ގެ ގޮތުގައި ސަރުކާރުގެ ކުންފުނިތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުން ކުރި ކަމީ އެންމެން ދަންނަ ހަޤީޤަތެކެވެ. އެގޮތުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީވެސް އެފަދައިން ބޭނުންކުރި ކުންފުންޏެކެވެ. އިލްމާއި ހުނަރާއި ނުބައްދަލު މަގާމުތައް ދިނުމާއި، ސިޔާސީ ބޭނުމަށް އެ ކުންފުންޏަށް މީހުން ވެއްދުމަކީ އެއިރުގެ ސަރުކާރުން ކޮށްފައިވާ ކަންކަމެވެ. އަދި އެ ކުންފުނީގެ ސީއެސްއާރުން ނަހަމަ ގޮތުގައި ވަކި ޖަމިއްޔާތަކަށް ފައިސާ ދޫކޮށްފައިވާއިރު، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ޑިވިޑެންޓެއްވެސް ދައްކާފައެއް ނުވެއެވެ. މީގެ އިތުރުން އެ ކުންފުނީގެ އިހުމާލުން ފާއިތުވި ފަސް އަހަރު ދުވަހު އެ ކުންފުންޏަށް 43 މިލިއަނެއްހާ ރުފިޔާ ނުލިބިވެއެވެ.

"ފާއިތުވި ފަސް އަހަރެއްހާ ދުވަހު ގާތްގަނޑަކަށް 43 މިލިއަނެއްހާ ރުފިޔާ އެބަހުރި ނުލިބި ސީދާ ކުންފުނީގެ އިހުމާލުން. މިހެން މިދެންނެވީ މުއްދަތު ހަމަވުމަށް ފަހުގައިވެސް ބައެއް ބިންތަކުން ކުލި ނުނެގުމާއި، ނޯޓިސް ފޮނުވަން ޖެހޭ ފަރާތްތަކަށް ނޯޓިސް ނުފޮނުވުމާއި، މިހިރަ މިހިރަ ގޮތްގޮތުން ލިބެން ޖެހޭ ފައިސާ" ކުންފުނީގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ލިބިފައިވާ ކާމިޔާބީތައް

ރައީސް ޞާލިހްގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ފައިދާވާ ގިނަ ވައުދުތަކެއް ވެފައެވެ. އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަން ފޮޅާ ސާފުކުރުން ހިމެނެއެވެ. މިކަން މިއަދު ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ބަލާލުމުންވެސް ފެންނާނެއެވެ. އެ ކުންފުނިން މިވަނީ ކުންފުނީގެ އައު އޮނިގަނޑެއްް ހަދައި ޕޮލިސީތައް ހަދަން ފޮނުވާފައެވެ. އަދި ކުންފުނިން ރަނގަޅު ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް އިންޓާނަލް އޮޑިޓެއް ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން އެކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް އާ މެނޭޖުމެންޓުން ކުރި މަސައްކަތުން މިހާރު ވަނީ ލިބިފައެވެ. އައު މެނޭޖުމެންޓާއި އެކު ކުންފުނީގެ ފައިދާ ވަނީ އިތުރު ކުރެވިފައެވެ.

ކުންފުނީގެ އަމާޒު

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް އެ ކުންފުނި ހެދުމެވެ. އަދި އެ ކުންފުންޏަކީ ފައިދާވާ ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ ކުންފުންޏަކަށް ހެދުމެވެ. މީގެ އިތުރުން 2021 ވަނަ އަހަރު ފެށޭ އިރު އެ ކުންފުންޏަކީ އޭ ކެޓެގަރީގެ ކުންފުންޏަކަށް ހެދުމަކީ މައިގަނޑު އެއް އަމާޒެވެ. 

މި ސަރުކާރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރަކަށް ވީހިނދު ސަރުކާރުގެ އެ އަމާޒަަށް ވާސިލް ވުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރުވެރިންނަށް ފަސޭހަ ކަމާއި އެކު ބިން ކުއްޔަށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށި އަދި ގުޅީފަޅުގެ ބެލެނިވެރި ފަރާތެވެ. އެ ކުންފުންޏަކީ ބިން ކުއްޔަށް ދީގެން އާމްދަނީ ހޯދަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނި ވުޖޫދަށް އައިސްފައިވަނީ 21 މާރިޗު 2018 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.