ސޯޝަލް މީޑިއާގެ ސަބަބުން ނަފްސާނީ ސިއްޙަތަށް އަސަރުކުރާ ކަމަށް މީގެ ކުރިންވެސް ގިނަ ދިރާސާތަކަކުން ވަނީ ދައްކައިފަ އެވެ. އެގޮތުން އިންސްޓަގްރާމް އާއި ފޭސްބުކްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މާގިނައިން ބޭނުންކުރުމުން އެންޒައިޓީ އާއި ޑިޕްރެޝަން އިތުރުވާ ކަމަށްވެސް ދިރާސާތަކުން ވަނީ ހޯދައިފަ އެވެ.

ދާދިފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރުމަކީ ފުރާވަރު އުމުރުގެ ކުދިންނަށް ވަރަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށެވެ. އެގޮތުން ޖާމާ ޕީޑިއެޓްރިކްސްގައި ޗާޕުކޮށްފައިވާ އެ ދިރާސާއިން ބުނާގޮތުގައި ފޭސްބުކް އާއި އިންސްޓަގްރާމްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މާގިނަ ވަގުތު ހޭދަކުރާ ކުދިންނާއި، މާގިނައިން ޓީވީ ބަލާ ކުދިން ޑިޕްރެސްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ކެނެޑާގެ ޔުނިވާސިޓީ އޮފް މޮންޓްރެއާލްއިން ހިންގި ހަތަރު އަހަރު ދުވަހުގެ މި ދިރާސާގައި 3،800 އަށްވުރެ ގިނަ ހައިސްކޫލް ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. ދިރާސާވެރިން ވަނީ އެކުދިން ކޮންމެ ދުވަހަކު ޓީވީ ބެލުމަށާއި، ސޯޝަލް މީޑިއާގައި އަދި ވީޑިއޯ ގޭމްސްތައް ކުޅުމުގައި ހޭދަކުރާ ވަގުތާއި، އެކުދިންނަށް ކުރިމަތިވި ޑިޕްރެޝަންގެ އަލާމާތްތައް ވެސް ތަހުލީލްކޮށްފަ އެވެ.

ނަތީޖާތައް ދެއްކި ގޮތުން އެކުދިން ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތު ދިޔައީ އެއް އަހަރަށްވުރެ އަނެއް އަހަރު އިތުރުވަމުންނެވެ. އަދި އޭގެ ސަބަބުން އެކުދިންނަށް ކުރިމަތިވި ޑިޕްރެޝަންގެ އަލާމާތްތައް ވެސް ދިޔައީ އިތުރުވަމުންނެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. އެލްރޯ ބޮއާސް ވިދާޅުވީ ސޯޝަލް މީޑިއާ އާއި ޓީވީ އިން އާންމުކޮށް ފެންނަނީ "ޕާފެކްޓް" ހަށިގަނޑު ހުންނަ، މަޖާ އަދި ވަރަށް މުއްސަނދި ދިރިއުޅުން އުޅޭ މީހުން ކަމަށެވެ.

އެހެންނަމަވެސް، ވީޑިއޯ ގޭމްތައް ކުޅުމާއި ޑިޕްރެޝަން އާއި އެއްވެސް ގުޅުމެއް އޮތް ކަމަކަށް ދިރާސާއިން ދައްކައިފައެއް ނުވެއެވެ.

ޑިޕްރެޝަން އަށް މަގުފަހިވާ ސަބަބުތައް ދުރާލާ އެނގުމަކީ މައިންބަފައިންނާއި ސިއްޙީ މާހިރުންނަށްވެސް، އެކަން އިތުރަށް ގޯސްވުމުގެ ކުރިން ހުއްޓުވުމަށް އެހީތެރިވެދޭ ކަމެކެވެ. ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ އާއި ޓީވީ ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށް، ރަނގަޅަށް މެނޭޖުކުރުމަކީ ޑިޕްރެޝަން އާއި ޑިޕްރެޝަންގެ އަލާމާތްތައްވެސް ކޮންޓްރޯލް ކުރެވިދާނެ ކަމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *