ޓީވީގެ އުފެއްދުންތަކަށް ދޭ ޝަރަފުވެރި އެމީ އެވޯޑްސް އަށް މި އަހަރު ނޮމިނޭޓްވެފައިވާ ފަރާތްތައް އިއްޔެ އިއުލާންކުރިއިރު، އެޗްބީއޯގެ "ގޭމް އޮފް ތުރޯންސް" ވަނީ ރެކޯޑް 32 ނޮމިނޭޝަނާއެކު އަހަރެއްގެ ތެރޭގައި އެންމެ ގިނަ ކެޓަގަރީ އިން ނޮމިނޭޓްވި ސީރީޒްގެ މަގާމު ހޯދާފައެވެ.
މީގެއިތުރުން، މި ފަހަރުގެ އެމީ އެވޯޑްސްގައި ޖުމްލަ 137 ކެޓަގަރީއަކުން ނޮމިނޭޓްވެފައިވާ އެޗްބީއޯ އިން ވަނީ މީގެކުރީން 2015 ވަނަ އަހަރު ހޯދީ 126 ނޮމިނޭޝަންގެ ރެކޯޑްވެސް މުގުރާލައިފައެވެ. ދެން އެންމެ ގިނައިން ނޮމިނޭޝަން ހޯދީ ނެޓްފްލިކްސް 117 ކެޓަގަރީއަކުން ނޮމިނޭޓްވެފައިވާއިރު، އެންބީސީ ވަނީ 58 ނޮމިނޭޝަން ހޯދާފައެވެ. ހަތަރުވަނަ އަށް އެންމެ ގިނަ ނޮމިނޭޝަން ހޯދީ އެމޭޒަން 47 ކެޓަގަރީއަކުން ނޮމިނޭޓްވެފައިވެއެވެ.
މިފަހަރުގެ އެވޯޑް ހަފްލާގައިވެސް ބެސްޓް ޑްރާމާ ސީރީޒްގެ ނޮމިނޭޝަން ހޯދާފައިވާ "ގޭމް އޮފް ތުރޯންސް" މީގެކުރީން މި އެވޯޑް ހަތަރު ފަހަރެއްގެމަތީން ހާސިލްކޮށްފައިވާއިރު، އެ ސީރީޒްގެ ތަރިންކަމަށްވާ ކިޓް ހެރިންޓަން، އެމީލިއާ ކްލާކް، ޕީޓަ ޑިންކްލޭޖް، ނިކޮލައި ކޮސްޓާ ވާލްޑައު، އަލްފީ އެލަން އަދި ލީނާ ހޭޑޭ އާއި މައިޒީ ވިލިއަމްސްގެ އިތުރުން ސޯފީ ޓާނާ އާއި ގްވެންޑޮލީން ކްރިސްޓީ އަދި ކެރީސް ވެން ހޫޓެން ވަނީ އެކި ކެޓަގަރީތަކުން ނޮމިނޭޓްވެފައެވެ.
71 ވަނަ އެމީ އެވޯޑްސްގައި ދެން އެންމެ ގިނަ ކެޓަގަރީތަކުން ނޮމިނޭޓްވި އެމޭޒަންގެ ކޮމެޑީ ސިލްސިލާ "ދަ މާވެލަސް މިސިޒް މެއިޒެލް" (20)، އާއި އެޗްބީއޭގެ "ޗަނޯބައިލް" (19) އަދި "ސަޓަޑޭ ނައިޓް ލައިވް" (18) ހިމެނެއެވެ.
މިއަހަރުގެ އެމީ އެވޯޑްސް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އެންޖެލެސްގައި ހުންނަ މައިކްރޮސޮފްޓް ތިއޭޓާގައި އަންނަ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
71 ވަނަ އެމީ އެވޯޑްސްގެ ބައެއް ނޮމިނޭޝަން ލިސްޓު:
ބެސްޓް ޑްރާމާ ސީރީޒް:
- "ބެޓާ ކޯލް ސޯލް" (އޭއެމްސީ)
- "ބޮޑީގާޑް" (ނެޓްފްލިކްސް)
- "ގޭމް އޮފް ތުރޯންސް" (އެޗްބީއޯ)
- "ކިލިންގ އީވް" (ބީބީސީ އެމެރިކާ)
- "އޮޒާކް" (ނެޓްފްލިކްސް)
- "ޕޯޒް" (އެފްއެކްސް)
- "ސަކްސެޝަން" (އެޗްބީއޯ)
- "ދިސް އިޒް އަޒް" (އެންބީސީ)
ބެސްޓް ކޮމެޑީ ސީރީޒް:
- "ބެރީ" (އެޗްބީއޯ)
- "ފްލީބޭގް" (އެމޭޒަން)
- "ދަ ގުޑް ޕްލޭސް" (އެންބީސީ)
- "ދަ މާވެލަސް މިސިޒް މެއިޒެލް" (އެމޭޒަން)
- "ރަޝިއަން ޑޯލް" (ނެޓްފްލިކްސް)
- "ޝިޓްސް ކްރީކް" (ޕޮޕް)
- "ވީޕް" (އެޗްބީއޯ)
ބެސްޓް ލިމިޓެޑް ސީރީޒް:
- "ޗަނޯބައިލް" (އެޗްބީއޯ)
- "އެސްކޭޕް އެޓް ޑަނެމޯރާ" (ޝޯވްޓައިމް)
- "ފޮސޭ/ވާޑަން" (އެފްއެކްސް)
- "ޝާޕް އޮބްޖެކްޓްސް" (އެޗްބީއޯ)
- "ވެން ދޭ ސީ އަޒް" (ނެޓްފްލިކްސް)
ބެސްޓް ޓެލެވިޜަން މޫވީ:
- "ބްލެކް މިރޯ: ބޭންޑަސްނެޗް" (ނެޓްފްލިކްސް)
- "ބްރެކްސިޓް: ދަ އަންސިވިލް ވޯ" (އެޗްބީއޯ)
- "ޑެޑްވޫޑް: ދަ މޫވީ" (އެޗްބީއޯ)
- "ކިންގް ލިއާ" (އެމޭޒަން)
- "މައި ޑިނާ ވިތް ހާވް" (އެޗްބީއޯ)
ބެސްޓް ލީޑް އެކްޓަރ އިން އަ ޑްރާމާ ސީރީޒް:
- ޖޭސަން ބޭޓްމަން - "އޮޒާކް"
- ސްޓާލިން ކ. ބްރައުން - "ދިސް އިޒް އަޒް"
- ކިޓް ހެރިންޓަން - "ގޭމް އޮފް ތުރޯންސް"
- ބޮބް އޮޑެންކާކް - "ބެޓާ ކޯލް ސޯލް"
- ބިލީ ޕޯޓާ - "ޕޯޒް"
- މިލޯ ވެންޓިމީލިއާ - "ދިސް އިޒް އަޒް"
ބެސްޓް ލީޑް އެކްޓްރެސް އިން އަ ޑްރާމާ ސީރީޒް:
- އެމީލިއާ ކްލާކް - "ގޭމް އޮފް ތުރޯންސް"
- ޖޯޑީ ކޯމަރ - "ކިލިންގ އީވް"
- ވިއޯލާ ޑޭވިސް - "ހައު ޓު ގެޓް އަވޭ ވިތް މާޑަރ"
- ލައުރާ ލިނޭ - "އޮޒާކް"
- މޭންޑީ މޫރ - "ދިސް އިޒް އަޒް"
- ސެންޑްރާ އޯ - "ކިލިންގ އީވް"
- ރޮބިން ރައިޓް - "ހައުސް އޮފް ކާޑްސް"
ބެސްޓް ލީޑް އެކްޓަރ އިން އަ ކޮމެޑީ ސީރީޒް:
- އެންތަނީ އެންޑަސަން - "ބްލެކް-އިޝް"
- ޑޮން ޗީޑްލް - "ބްލެކް މަންޑޭ"
- ޓެޑް ޑެންސަން - "ދަ ގުޑް ޕްލޭސް"
- މައިކަލް ޑަގްލަސް - "ދަ ކޮމިންސްކީ މެތަޑް"
- ބިލް ހޭޑާ - "ބެރީ"
- ޔޫޖީން ލެވީ - "ޝިޓްސް ކްރީކް"
ބެސްޓް ލީޑް އެކްޓްރެސް އިން އަ ކޮމެޑީ ސީރީޒް:
- ކްރިސްޓީނާ އެޕަލްގޭޓް - "ޑެޑް ޓު މީ"
- ރަޗޭލް ބްރޮސްނަހާން - "ދަ މާވެލަސް މިސިޒް މެއިޒެލް"
- ޖޫލިއާ ލުއިސް-ޑްރޭފުސް - "ވީޕް"
- ނަތާޝާ ލިޔޯން - "ރަޝިއަން ޑޯލް"
- ކެތަރީން އޯ ހާރާ - "ޝިޓްސް ކްރީކް"
- ފީބީ ވޯލާ-ބްރިޖް - "ފްލީބޭގް"
ބެސްޓް ލީޑް އެކްޓަރ އިން އަ ލިމިޓެޑް ސީރީޒް (ޓެލެވިޜަން މޫވީ):
- މަހާޝަލާ އަލީ - "ޓްރޫ ޑިޓެކްޓިވް"
- ބެނީޗިއޯ ޑެލް ޓޯރޯ - "އެސްކޭޕް އެޓް ޑަނެމޯރާ"
- ހިއު ގްރާންޓް - "އަ ވެރީ އިންގްލިޝް ސްކޭންޑަލް"
- ޖަރެޑް ހެރިސް - "ޗަނޯބައިލް"
- ޖަރެލް ޖެރޯމް - "ވެން ދޭ ސީ އަޒް"
- ސޭމް ރޮކްވެލް - "ފޮސޭ/ވާޑަން"
ބެސްޓް ލީޑް އެކްޓްރެސް އިން އަ ލިމިޓެޑް ސީރީޒް (ޓެލެވިޜަން މޫވީ):
- އެމީ އެޑަމްސް - "ޝާޕް އޮބްޖެކްޓްސް"
- ޕެޓްރީޝިއާ އާކުއެޓް - "އެސްކޭޕް އެޓް ޑަނެމޯރާ"
- ޖޮއޭ ކިންގް - "ދަ އެކްޓް"
- ނީސީ ނޭޝް - "ވެން ދޭ ސީ އަޒް"
- މިޝޭލް ވިލިއަމްސް - "ފޮސޭ/ވާޑަން"
- އައުންޖަނޫ އެލިސް - "ވެން ދޭ ސީ އަޒް"
ބެސްޓް ސަޕޯޓިންގ އެކްޓަރ އިން އަ ޑްރާމް ސީރީޒް:
- އަލްފީ އެލަން - "ގޭމް އޮފް ތުރޯންސް"
- ޖޮނަތަން ބޭންކްސް - "ބެޓާ ކޯލް ސޯލް"
- ނިކޮލައި ކޮސްޓާ ވާލްޑައު - "ގޭމް އޮފް ތުރޯންސް"
- ޕީޓަ ޑިންކްލޭޖް - "ގޭމް އޮފް ތުރޯންސް"
- ޖިއަންކާލޯ އެސްޕޮޒީޓޯ - "ބެޓާ ކޯލް ސޯލް"
- މައިކަލް ކެލީ - "ހައުސް އޮފް ކާޑްސް"
- ކްރިސް ސުލިވަން - "ދިސް އިޒް އަޒް"
ބެސްޓް ސަޕޯޓިންގ އެކްޓްރެސް އިން އަ ޑްރާމް ސީރީޒް:
- ގްވެންޑޮލީން ކްރިސްޓީ - "ގޭމް އޮފް ތުރޯންސް"
- ޖޫލިއާ ގާނާ - "އޮޒާކް"
- ލީނާ ހޭޑޭ - "ގޭމް އޮފް ތުރޯންސް"
- ފިއޯނާ ޝޯ - "ކިލިންގ އީވް"
- ސޯފީ ޓާނާ - "ގޭމް އޮފް ތުރޯންސް"
- މައިޒީ ވިލިއަމްސް - "ގޭމް އޮފް ތުރޯންސް"
ބެސްޓް ކޮމްޕެޓިޝަން ޕްރޮގްރާމް:
- "ދަ އެމޭޒިންގ ރޭސް" (ސީބީއެސް)
- "އެމެރިކަން ނިންޖާ ވޯރިއާ" (އެންބީސީ)
- "ނެއިލްޑް އިޓް" (ނެޓްފްލިކްސް)
- "ރޫޕޯލްސް ޑްރެގް ރޭސް" (ވީއެޗްވަން)
- "ޓޮޕް ޝެފް" (ބްރާވޯ)
- "ދަ ވޮއިސް" (އެންބީސީ)