ޖުލައި 26 އަދި މިއަހަރުގެ ބޮޑު އީދު ޗުއްޓީއާއި ޖެހިގެން އަންނަ ބައެއް ރަސްމީ ދުވަސްތައް ބަންދުކޮށް، އެ މުނަސާބަތާއި ގުޅިގެން ލިބޭ ޗުއްޓީ ދިގުކޮށްދީފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިނިވަންދުވަހާއި ގުޅުވައިގެން ޖުލައިމަހުގެ 28 ވާ އާދިއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އަންނަ ބޮޑު އީދު ބަންދާ ގުޅުވައި، އަންނަ އޯގަސްޓް މަހުގެ 15 ވާ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށްވެސް ރައީސް ވަނީ ނިންމާފައެވެ.

އެ ދުވަސް ބަންދުކުރުމުން އީދު ދުވަހުގެ ކުރިން އޮންނަ ހަފްތާ ބަންދާއެކު، އީދު ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭނެއެވެ.

މިނިވަން ދުވަހަކީ ޖުލައި 26 ވަނަ ދުވަހެވެ. އަދި މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އޮގަސްޓް 11 ވަނަ ދުވަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.