އިންޑިއަން އޯޝެން އައިލެންޑް ގޭމްސްގައި ވާދަކުރާ ދިވެހިން، މިއަދު މޮރިޝަސްއަށް ފުރައިފިއެވެ.

މިއަދު އައިއޯއައިޖީގައި ބައިވެރިވާ 226 މެމްބަރުން ހިމެނޭ ދިވެހި ޓީމް ފުރާފައި ވާއިރު، އެ ގޭމްސްގައި ބައިވެރިވާ ދިވެހި ފުޓްބޯޅަ ޓީމް ވަނީ މީގެ ދެދުވަސް ކުރިން އެގައުމަށް ފުރާފައެވެ.

މިއަހަރަކީ ރާއްޖެއިން އައިއޯއައިޖީގައި ބައިވެރިވާ ދިހަ ވަނަ އަހަރަށް ވާއިރު، މިފަހަރު ރާއްޖެ ތަމްސީލް ކުރާ ޓީމް އެގައުމަށް އެ ފުރީ އެނބުރި ރާއްޖެ އަންނަ އިރު 15 މެޑަލާއިއެކު އައުމަށް އަމާޒު ހިފައިގެންނެވެ. 

އައިއޯއައިޖީގައި ރާއްޖެއިން މިފަހަރު 10 ކުޅިވަރެއްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެ ކުޅިވަރުތަކަކީ ފުޓުބޯޅަ، ބާސްކެޓް ބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ކައިޓް ސާފިންގް، ބެޑްމިންޓަން، ސެއިލިންގް، ސްވިމިންގް އަދި ޔޫތް ކޭމްޕެވެ.

ރާއްޖެއިން ވަނީ 2023 ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ބިޑް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.