ގަވައިދާއި ހިލާފަށް ރާއްޖޭގަައި އުޅެމުންދާ ބިދޭސީންގެ މައްސަލައިގަ، މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބާއްވާ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އެމައްސަލައިގަ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އިސްވެރިންނާއި، މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި އަދި ލޭބަރ އޮތޯރިޓީގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެތިން މުއައްސަސާގެ އިސްވެރިން ހާޒިރުކުރާ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފައިވާއިރު، އެބައްދަލުވުން ވަނީ މިއަދު ހެނދުނު 10:00 ގައި ފަށާފައެވެ.
ރާއްޖޭގައި މިވަގުތު 63،000 ބިދޭސީން ގަވައިދާއި ހިލާފަށް އުޅެމުންދާ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި، 2،000 މީހުންގެ ސޮއިއާއިއެކު އަމިއްލަ ފަރާތަކުން މަޖިލީހަށް ޕެޓިޝަނެއް މިދިޔަ މަހު ހުށަހަޅިއެވެ.