ދިީބާޖާ މައްސަލަ ސުލްހަވެރިކަމާއި އެކު މަޝްވަރާކުރުމަށްފަހު ހައްލެއް ހޯދުމަށް ސެޓްލްމަންޓް ކޮމެޓީއަށް ފޮނުވައިފިއެވެ.

ދީބާޖާ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުންވަނީ މިއަދު އެމައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން، ސުޕްރީމު ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލަން ސިވިލް ކޯޓްގައި އެދިފައެވެ.

ދައުލަތުގެ ފަރާތުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ރައީސަށް ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީއަށް ހުށަހަޅައިގެން އެ މައްސަލާގައި ހައްލެއް ހޯދައި ދިނުމަށް ދީބާޖާ އިން އެޓާނީ ޖެނެރަލްގެ ކިބައިން ވަނީ އެދިފައެވެ.

ސެޓްލްމަންޓް ކޮމެޓީގެ ޗެއާ ބަލަހައްޓަވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރީ އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.