މަސްތުވާތަކެއްޗާއިއެކު މާލެއިން، މާލެއިން އުމުރުން 18 އަހަރުނުވާ ކުޑަކުއްޖަކާއި އަދި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ ތިން މީހުން ހައްޔަރުކުރީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ނިމިދިޔަ އަންގާރަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހެންވޭރު ގެއަކުން ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި، 38 އަހަރުގެ ފިރެހެނަކާއި އަދި 48 އަހަރުގެ ފިރެހެނެއް ކަމަށެވެ.
އެ ތިން މީހުން ހައްޔަރުކުރި ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންނަށް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއް ކިލޯއާއި 146 ގްރާމުގެ އެއްޗެހި ފެނިފައެވެ.
އެމައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ތަހްގީގު ކުރަމުންނެވެ.