ރާއްޖޭގެ މައި ދޮރާށި ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އަލަށް ހެދި އޭޕްރަންގެ ފުރަތަމަ ފިޔަވަހި ހުޅުވައިފިއެވެ.
އެއާރޕޯޓްގައި އަލަށް ހެދި އޭޕްރަން ހުޅުވުމަށް މިއަދު ހެނދުނު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އާ އޭޕްރަންގައި ދެން ހިމެނެނީ، ޑެޑިކޭޓެޑް ކޯޑް އީގެ ދެ ޑެޑިކޭޓެޑް ސްޓޭންޑާއި ކޯޑް ސީގެ، އެއް ޑެޑިކޭޓެޑް ސްޓޭންޑް އެކެވެ.
އަލަށް ހެދި އޭޕްރަންގެ ދެވަނަ ފިޔަވަހި ހަތް މަސްދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.
މިއަދު ބޭނުންކުރަންފެށިގެން ދިޔަ އެ އޭޕްރަން އަކީ ގާތްގަނޑަކަށް 70 ހާސް އަކަމީޓަރުގެ އޭޕްރަންއެކެވެ.