މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ދަގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެއެވެ.
ފުލުހުން ވިދާޅުވީ މަގު ބަންދުކޮށްގެން ހެންވޭރުގައި އިމާރާތްކުރަމުންދިޔަ ސައިޓެއްގައި ޖަހާފައިހުރި ދަގަނޑެއް ވަޔާ ވެއްޓި، މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އަދި ދަގަނޑު ވިއްސާލައިގެން ގޮސް ޖެހުނީ، އެވަގުތު ނުބައި ލޭނަކުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހެއްގެ ބޮލުގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ރޭ ދަންވަރު 00:10 ހާއިރު މި ހާދިސާ ހިނގިއިރު ބޯ ފަޅައިގެން ދިޔަ މީހާ އައިޖީއެމްއެޗަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ.
ފުލުހުން ދަނީ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންނެވެ.