ބ.ފެހެންދޫ ކުދިން އެ އަތޮޅޫ ގޮއިދޫ ސުކޫލަށް ކިޔަވަން ދިއުމަށް ބޭނުންކުރާނެ އުޅަނދެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ދެރަށް ދެމެދު ދަތުުރުތައް ކުރުމަށް އެކަށީގެންވާ އުޅަނދެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ.
ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަނީ މާދަމާއިން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިމަހުގެ 23 ވަނަ ދުވަހު ބޭއްވާނެ ކަމަށްވެސް އެ އިއުލާންގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ބިޑް ހުޅުވުން އޮންނާނީ 29 ޖުލައި ވާ ހޯމަ ދުވަހު ކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ.
މިދިޔަ މަހު ކުރީކޮޅު ސަރުކާރުން ވަނީ ފެހެންދޫ ދަރިވަރުން ދަތުރުކުރަން ބޭނުންކުރާނެ ފެންވަރު ރަނގަޅު ފެރީއެއް އިންޑިއާގެ އެހީގައި ހޯދުމަށް ނިންމައިފައެވެ.