ދިވެހި ރާއްޖޭގައި ހުރި މަސް ފެކްޓަރީތަކުގައި ބަންދުކުރެވޭ މަހުގެ އަދަދު އިތުރުކުރަން ޖެހޭ ކަމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މުހައްމަދު ސައީދު މިހެން ވިދާޅުވީ، މިއަދުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، ދިވެހި މަސްވެރިން ބާނާ އަގު ދިވެހިން ކޮންޓްރޯކް ކުރަން ބޭނުން ނަމަ ރާއްޖޭގައި ހުރި ކޭނަރީތަކުގެ ވޮލިޔުމް އިތުރު ކުރަން ޖެހޭ ކަމަށެވެ.

"411 މަސް ދުވާލަކު ރާއްޖެއިން ބޭރު ކުރަނީ އެވްރެޖުކޮށް ކުރާއިރި، 110 މެޓްރިކް ޓަން ހަމަ އެކަނި ކޭން މިކުރަނީ ނުވަތަ ދަޅުގައި ބަންދު ކުރަނީ. މިއީ މިވަގުތު ދިމާ މިވާ މައްސަލައަކީ، މިކަން މިހެން މިވަނީ މިވަގުތު ފެލިވަރުގައި ހުރީ 50 ޓަނު ބަންދުކުރެވޭ ގޮތައް ޕްރައިވެޓް ސެކްޓަރ ގައި އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާތްގަނޑަކަށް 80 ވަރަކަށް ޓަނު ބަންދު ކުރެވެނީ، އެހެން ކަމުން ޖުމްލަ 130 މެޓްރިކް ޓަނުގެ މަސް ދުވާލަކަށް މި ބަންދު ކުރެވެނީ. މިކަން މިހެން އޮތްހާ ދުވަހަކު އަޅުގަނޑުމެންގެ މަހުގެ އަގު ކޮންޓްރޯލް ކުރާނީ ތައިލެކްޑުން ނުވަތަ ބެންކޮކް ބާޒާރުން" ސައީދު ވިދާޅުވިއެވެ.

އަދި ކޮންމެ އަހަރަކު ރާއްޖެއިން 70،000 އެއްހާ ޓަނު މަސް ނުއަގުގައި ރާއްޖެއިން ބޭރަށް އެކްޕޯޓް ކުރާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ މާކެޓުތަކުން ދިވެހިރާއްޖެއަށް މަސް އެތެރެކޮށް ދިވެހި ކޭނަރީތަކުގައި އެ މަސް ބަންދުކުރަން ޖެހޭ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.