ޕީނަޓް ބަޓާ އަކީ ހަށިގަނޑަށް ފައިދާހުރި، ބަނޑުހައިކަން ފިލުވައިދޭ އެއްޗެކެވެ. އަދި ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ ނަމަވެސް މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.

ޕީނަޓް ބަޓާގައި ގިނަގުނަ ސިއްޙީ ފައިދާތަކެއް އެކުލެވިގެންވެ އެވެ. އޭގައި ގިނަ އަދަދަކަށް ފައިބާ އާއި ޕްރޮޓީން ހިމެނިގެންވާއިރު، އޭގެ ސަބަބުން އަވަހަށް ބަނޑުފުރެއެވެ. އަދި ގިނައިރު ބަނޑުހައިނުވެ ހަށިގަނޑު ދަމަހައްޓައިދޭތީ، އޭގެ ސަބަބުން ޖުމްލަކޮށް ކާ މިންވަރުވެސް މަދުވެގެން ދެއެވެ.

ޕީނަޓް ބަޓާގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް ވެސް އެކުލެވިގެންވެއެވެ. އެގޮތުން އެއް ސާވިންގ (2 މޭޒުމަތީ ސަމްސާ) ޕީނަޓް ބަޓާގައި ބާރުގަދަ އެންޓިއެކްސިޑެންޓެއް ކަމުގައިވާ ވިޓަމިން އީގެ 3 މިލިގްރާމް ހިމެނޭއިރު، ކަށިތަކަށް ރަނގަޅު މެގްނީސިއަމްގެ 49 މިލިގްރާމް އަދި މަސްތަކަށް ރަނގަޅު ޕޮޓޭސިއަމްގެ 208 މިލިގްރާމާއި، ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ ވިޓަމިން ބީ6ގެ 0.17 މިލިގްރާމް އެކުލެވިގެންވެއެވެ.

މީގެ އިތުރުން، ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ޕީނަޓް ކެއުމަކީ ހިތުގެ ބައްޔާއި އެހެނިހެން ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަމަށެވެ. އެއް ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހަފްތާއަކު ފަސް ފަހަރު އެއް އައުންސު ނަޓްސް ނުވަތަ ދެ މޭޒުމަތީ ސަމްސާ ޕީނަޓް ބަޓާ ކެއުމަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު 30% ކުޑަކޮށްދޭ ކަމެކެވެ. ޕީނަޓް ބަޓާގައި ހިތުގެ ސިއްޙަތަށް ރަނގަޅު މޮނޮއަންސެޗުރޭޓެޑް ފެޓްސް ވެސް ހިމެނެއެވެ. ދިރާސާވެރިން ބުނާ ގޮތުގައި ގިނައިން މޮނޮއަންސެޗުރޭޓެޑް ފެޓްސް ބޭނުންކުރާ އިންސުލިން-ރެސިސްޓެންޓް މީހުންގެ ބަނޑުގެ ސަރުބީ މަދު ކަމަށެވެ.

ޕީނަޓްގައި ގިނަ އަދަދަކަށް ޕޮލި-ފީނޯލިކް އެންޓިއޮކްސިޑެންޓްވެސް އެކުލެވިގެންވެއެވެ. ޕޮލި-ފީނޯލިކް އަކީ ނައިޓްރޮސެމައިން އުފެއްދުން ހުއްޓުވައި، ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން ޕީނަޓްގައި އެކުލެވިގެންވާ ރެސްވެރަޓޯލް އެންޓިއޮކްސިޑެންޓަކީ ކެންސަރުތަކާއި، ހިތުގެ ބައްޔާއި ނާރުގެ ބަލިތަކުގެ އިތުރުން އަލްޒައިމާސް އަދި ވައިރަލް އިންފެކްޝަންތަކުން ވެސް ހަށިގަނޑު ރައްކާތެރިކޮށްދޭ މާއްދާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.