ބްރެޒިލާއެކު ފީފާ ވޯލްޑްކަޕް ދެ ފަހަރު ކާމިޔާބުކުރި އިތުބާރު ޑިފެންޑަރު ކާފޫގެ ދަރަނިތައް ބޮޑުވެ، މިލްކިއްޔާތުގައިހުރި ފަސް ބިމެއް އެ ގައުމުގެ ޓްރައިބުނަލަކުން ނަގައިފިއެވެ.

ކާފޫގެ މިލްކިއްޔާތުގައި ހުރި ބިންތައް ނެގުމަށް ނިންމީ، އޭނާ ހިއްސާވާ ކުންފުނިކަމަށްވާ ކާޕީ ޕެންޓާ އިންޓަނޭޝަނަލް ޕްލޭޔާ އިން ނަގާފައިވާ ލޯނުތަކެއް ނުދެއްކުމުންނެވެ.

ކުޅިވަރު އެތުލީޓުންނާއި ފުޓްބޯޅަ ކުޅުންތެރިންގެ ކެރިއަރާއި ގުޅުންހުރި މަސައްކަތްކުރުމަށް 2004 ވަނަ އަހަރު އުފެއްދި މި ކުންފުނީގެ ހިއްސާދާރުންނަކީ ކާފޫއާ އޭނާގެ އަންހެނުން ރެޖީނާ އެވެ.

މީގެކުރީން، މިކަމާ ބެހޭގޮތުން ކާފޫއާ ނޫސްވެރިން ސުވާލުކުރުމުން ބުނީ އޭނާގެ ދަރަނިތައް އަދާކުރުމަށްޓަކައި ބޭނުންވި ހިނދެއްގައި މިލްކިއްޔާތުގައި ހުރި ކޮންމެ އެއްޗެއްވެސް ދޫކޮށްލެވޭނެކަމަށާއި، މިއީ އޭނާގެ އަމިއްލަ މައްސަލައެއްކަމަށެވެ.

"މިއީ އަހަރެންގެ އަމިއްލަ ކަމެއް، ދަރަނިތައް އަދާކުރުމަށް މިލްކިއްޔާތުގައި ހުރި ކޮންމެ އެއްޗެއްވެސް ދޫކޮށްލުމުގެ އިހްތިޔާރު އޮންނާނެ." ކާފޫ ބުންޏެވެ.

މީޑިއާ ހަބަރުތައް ބުނާގޮތުން، މި ނޫނަސް ކާފޫއާ އޭނާގެ އަންހެނުންގެ މިލްކިއްޔާތުގައި ހުރި 15 ވަރަކަށް ބިމެއް މިހާރުވެސް މޯގޭޖްކޮށްގެން 1.1 އާއި 6 މިލިއަން ޑޮލަރުގެ ދަރަނީ އަދާކުރަންޖެހިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.