ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގްގެ ދައުވާގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގްގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައެވެ. ނަމަވެސް ބައެއް ލިޔެކިޔުންތައް ހަމަނުވުމުގެ ސަބަބުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީލޯންޑަރިންގްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ބާއްވާފައެވެ. އަދި އެ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީނާއި ދެކޮޅަށް ވަރަށް ގިނަ ހެކިތައް ހުށަހަޅާފައެވެ.

ކުރީގެ ރައީސް ޔާމީންނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *