ތިން ތަނެއްގައި ވެންޑިން މެޝިން ބަހައްޓައިދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިއުލާން ކޮށްފިއެވެ.

އެ ތިން ވެންޑިން މެޝިން ބަހައްޓަން ހަމަޖެހިފައިވަނީ، މާލޭ ބަސްޓާމިނަލާއި ހުޅުމާލޭ އިންޓަރނޭޝަނަލް ޓާމިނަލް އަދި ޕޯޓް ބިލްޑިންގައިއެވެ.

އެ އިއުލާންގައި ބުނެފައިވާ ގޮތުގައި، ވެންޑިން މެޝިން ބަހައްޓައިދޭން ޝައިގުވެރިވެލައްވާ ބޭފުޅުން މިއަންނަ ހަފްތާ ބުދަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަން ޖެހެއެވެ.

މީގެ ކުރިންވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ވެންޑިން މެޝިންތައް ބަހައްޓާފައެވެ. ނަމަވެސް އެމެޝިންތައް ނަގަން ޖެހުނީ ބަޔަކު އެ މެޝިންތަކަށް ގެއްލުން ދޭ ފެށުމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *