އިންޑޮނޭޝިޔާގެ ބާލީއަށް 6.1 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ގަޑިން ހެނދުނު 8:00 ޖެހިއިރުއެވެ. އެ މިބިންހެލުމުގެ ސަބަބުން ފަތުރުވެރިންނާއި ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ބިންހެލުމުގެ ސަބަބުން ވަނީ ބައެއް އިމާރާތްތަކަށް ގެއްލުންވެފައެވެ.

ބާލީ އަކީ ފަތުރުވެރިކަމުގައި މަގުބޫލު މަންޒިލެކެވެ. އަދި މި ދުވަސްވަރަކީވެސް ބާލީގައި ގިނަ އަދަދެއްގެ ފަތުރުވެރިން އުޅެމުން އަންނަ ދުވަސްވަރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަވާއީގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރު ނެތް ކަމަށް ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.