ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާނެ ޑިރެކްޓަރުންގެ ނަންތައް އާއްމުކޮށްފިއެވެ.
ސަރުކާރުގެ ފަރަތުން ހުށަހެޅި އެބޭފުޅުން އެ މަގާމަށް އައްޔަނުކުރައްވާނީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައެވެ.
ބޭންކުގެ އަހަރީ އާޢްމު ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ހިއްސާދާރުންނަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލަފައި ވާއިރު އެ ޖަލްސާގައި ބައިވެރިވެވޭނީ ޖުލައި 15 ވަނަ ދުވަހާއި ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ހިއްސާދާރުންނަށެވެ.
ބީއެމްއެލްގް ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރަން ހުށަހަޅާނެ ހަތް ނަމަކީ
1. ޓިމޮތީ ސޯޔާ- ބޭންކްގެ ސީއީއޯ
2. މުޙައްމަދު ޝަރީފް، މ. އިފާއު، މާލެ
3. ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ، މާލެ
4. ޘަނާ މަންސޫރު، މއ. މަނަސް، މާލެ
5. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ
6. ޙައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ
7. ޙުސައިން ތައުފީޤު އަލީ، މ. މުއިރި، މާލެ